Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މީހާގެ ނަމަށް "އިމްތިޔާޒް" ކިޔުނެއް ކަމަކު ދީނާ ޚިލާފު ވާހަކަ ދެއްކުމުގެ ޚާއްސަ އިމްތިޔާޒެއް ނޯންނާނެ: ޝެއިޚް ޒަމްޒަމް

މީހާގެ ނަމަށް "އިމްތިޔާޒް" ކިޔުނެއް ކަމަކު ދީނާ ޚިލާފު ވާހަކަ ދެއްކުމުގެ ޚާއްސަ އިމްތިޔާޒެއް ނޯންނާނެ: ޝެއިޚް ޒަމްޒަމް

މިއުޒިކް ކުޅުމާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ދެއްކެވި ވާހަކަފުޅަށް ޝެއިޚް ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފިއެވެ.

އެމްޕީ އިންތި ގެންދަވަނީ މިޔުޒިކް ގެ މުހިންމުކަން ދައްކުވައިދޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ، އިސްލާމްދީނާއި ދީނީ ޢިލްމުވެރިންނާ ބެހޭގޮތުން ވެސް އެކި ބަސްތައް ވިދާޅުވަމުންނެވެ.

އެގޮތުން އިއްޔެގެ މަޖިލިސް ޖަލްސާގައި ވެސް އިންތި ވިދާޅުވީ މިއުޒިކް ކުޅުމަށްވުރެ ފަންނާނުން ހަދާފައިވާ ލަވަތަކުގެ ރާގު ވަގަށް ނަގައިގެން، އެ ރާގަށް މަދަހަ ކިޔުން މާ ގޯސް ކަމުގައެވެ.

Advertisement
Ooredoo — Square (box)

އަދި، ދީނުގައި ބޮޑެތި ސުވާލުތައް އުފެދިފައި އޮންނަ މައްސަލަތަކުގައި ހަރުކަށިކަން އިސްކޮށް ވަރަށް ގިނަ އިލްމުވެރިން ވާހަކަ ދެއްކެވި ނަމަވެސް ދީނުގައި ކަނޑައެޅިގެން ހަރާމް ކޮށްފައި ހުރި ކަންކަމުގެ ވާހަކަ ދައްކަނީ މަދު އިލްމުވެރިއެއް ކަމަށެވެ.

މީގެއިތުރުން އިންތި ވިދާޅުވީ ދިވެހި ބައެއް ފަންނާނުން އުފައްދާފައިވާ ރާގުތައް ވަގަށް ނަގައިގެން މަދަހަ ކިޔާފައި ވެސް އެބަ ހުރި ކަމަށާއި މިއުޒިކް ކުޅުމަށް ވުރެ އެއީ މާ ބޮޑު ގޯހެއް ކަމަށެވެ.

އިންތިގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޝެއިޚް ޒަމްޒަމް ފާރިޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިއެއް ކަމަކު އިސްލާމްދީނުގެ އިންތައް ފަހަނަ އަޅައި ގޮސްގެން ނުވާނެ ކަމަށެވެ.

https://twitter.com/ZamzamFarish/status/1359468726563729410?s=20

"މީހާގެ ނަމަށް 'އިމްތިޔާޒް' ކިޔުނެއް ކަމަކު ދީނާ ޚިލާފު ވާހަކަ ދެއްކުމުގެ ޚާއްސަ އިމްތިޔާޒެއް ނޯންނާނެ" ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް