Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މާދަމާ ހަމަވާނެ: އީސީ

ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މާދަމާ ހަމަވާނެ: އީސީ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ނެގުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަން ، އީސީން ބުނެފިއެވެ.

މިކަން ހާމަ ކޮށްފައި ވަނީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވެފައި ވަނީ މާދަމާ މެންދުރު 14:00ގެ ކުރިން ނަން އަނބުރާ ނެގުމުގެ ފުރުސަތު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އޮންނާނެ ކަމަށާއި ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުން އެކޮމިޝަނުގެ ރަސްމީ އީމެއިލްއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ހަމައެހެންމެ އެ ހުށަހެޅުންތައް އެ ކޮމިޝަންގެ އީމެއިލް [email protected] އަށް ފޮނުވުމަށް އީސީން ބުނެއެވެ.

ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކޮށްފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެކަމަކު ކޮވިޑްގެ ސަބަބުން ހުރި ހުރަސްތަކާއެކު ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

Advertisement
Allied — Dhen Online (box)

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އީސީން ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއްވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް