Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19 : ފުވައްމުލަކުން އިތުރު ހަތަރު މީހަކު ފައްސިވެއްޖެ

ކޮވިޑް-19 : ފުވައްމުލަކުން އިތުރު ހަތަރު މީހަކު ފައްސިވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އެ ސިޓީގެ ކައުންސިލުން ވިދާޅުވީ، މިއަދު މިހާތަނަށް ހަތް މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި ފައްސިވި އިތުރު ހަތަރު މީހުންނަކީ ދުބާއީ ކްލަސްޓަރ ގައި ހިމެނޭ ބައެއް ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ދުބާއީ ކްލަސްޓާއިން މިހާރު ފުވައްމުލަކުގައި ފައްސިވީ މީހުންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ. މިދިޔަ އާދިއްތަ ދުވަހު އެ ސިޓީން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ފައްސިވި ފަރާތަކީ ދުބާއިން އައިސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ފައްސިވި ފަރާތާ ޑައިރެކްޓު ކޮންޓެކްޓްވި ފަރާތެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ސިޓީގައި ކޮވިޑް ފެތުރެމުންދާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ގދ. ތިނަދޫންވެސް ކޮވިޑް-19 ވަނީ ފެތުރިފައެވެ. ކޮވިޑަށް ފައްސި ވުމާއި ގުޅިގެން އައްޑޫ ސިޓީ އާއި ތިނަދޫ އަދި ފުވައްމުލަކަށް ވެސް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް