Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫސިޓީ ކްލަސްޓާ: ހިތަދޫން އިތުރު 4 މީހަކު ފައްސިވެއްޖެ

އައްޑޫސިޓީ ކްލަސްޓާ: ހިތަދޫން އިތުރު 4 މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީ ހިތަދޫއިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެއާއެކު އައްޑޫސިޓީން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު ވަނީ 55 އަށް އަރައިފައެވެ.

ހިތަދޫން ކްލަސްޓާއެއް އުފެދިފައި ވަނީ، ކަރަންޓީނުގައި ނެތް ދެ މީހަކު އެރަށުން މިމަހުގެ 5 ވަނަ ދުވަހު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

Advertisement
Allied Insurance — Square (box)

އައްޑޫސިޓީ ގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ހާއްސަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫ އަށް އައި މީހެއްގެ ފަރާތުންނެވެ.

މި ކްލަސްޓާއަށް ނިސްބަތްވާ މީހުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ތިބިއިރު، ގދ. ތިނަދޫގައި ވެސް މި ކްލަސްޓާއަށް ނިސްބަތްވާ އެކަކު އެބަހުއްޓެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް