Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުވައްމުލަކުން އިތުރު މީހަކު ފައްސިވެއްޖެ

ފުވައްމުލަކުން އިތުރު މީހަކު ފައްސިވެއްޖެ

ފުވައްމުލަކު ސިޓީގެ ދުބާއީ ކްލަސްޓާއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން އިއްޔެ ވެސް 8 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މިއަދު ފައްސިވީ މީހާއާއެކު ފައްސިވި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަހުމަދު މޭޔަރު "ދެން" އަށް ވިދާޅުވީ ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުން ގިނަ ކަމަށާއި މިހާތަނަށް 9 މީހަކު ޖުމްލަ ފައްސިވެފައިވާ ކަމަށެވެ. އަދި މިއީ ދުބާއީ ކްލަސްޓާ އިން ފައްސިވި މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެރަށުގައި ކޮވިޑް-19 ފެތުރިފައި ވަނީ ދުބާއިން އައިސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް މީހަކު ފައްސިވެ، އެމީހާ ބަޔަކާ ބައްދަލުވެފައި ވާތީއެވެ. މިކަމާ ގުޅިގެން އެރަށުން ވަނީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ.

އެގޮތުން އިއްޔެ އިރުއޮއްސި ހައެއް ޖެހުުމާ ހަަމައަށް 44 ސާމްޕަލް ނަގާފައިވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް