މުއްދަތު ހަމަވިޔަސް އައިޑީކާޑަށް ހިދުމަތްދޭން އެދެފި
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ހިދުމަތް ދޭން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އެދެފިއެވެ.
ޑީއެންއާރުން ބުނީ މުއްދަތު ހަމަވެފައިވާ ކާޑުތައް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މުއްދަތު ހަމަވެފައި އޮތް އައިޑީކާޑުން ވެސް ވޯޓު ލެވޭ ގޮތަށް ޑީއެންއާރުން ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވުމާ ގުޅިގެން ޑީއެންއާރުން މިގޮތަށް ނިންމާފައިވީ ނަމަވެސް ޑީއެންއާރުގެ ވެބްސައިޓު މެދުވެރިކޮށް ކާޑު ހެއްދުމަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އެހެންކަމުން އައިޑީކާޑު ހެދުމަށް އޮފީހަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތް ލިބިގަތުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
Ads by Allied Insurance