ޚަބަރު

ޕޭމެންޓް ކޮންފޯމް ކުރަން ވެބްސައިޓުތައް ބޭނުން ނުކުރަން އެދެފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތް
ބޭންކް އޮފް މޯލްޑިވްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޕޭމެންޓް ކޮންފޯމް ކުރަން ވެބްސައިޓުތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް ، ބީއެމްއެލްއިން އިލްތިމާސް ކޮށްފި އެވެ.

Ads by STELCO

ބީއެމްއެލް އިން މިހެން ބުނެފައި ވަނީ ޓްރާންސެކްޝަން ކޮންފާމް ކުރުމަށް ތާޑް ޕާޓީ ވެބްސައިޓު ބޭނުން ކުރާކަން ބޭންކުގެ ސަމާލުކަމަށް އައިސްފައިވުމާ ގުޅިގެންނެވެ.

ބެންކުން ބުނެފައިވަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ ވެބްސައިޓުތައް އަބަދުވެސް މޮނީޓާ ކުރާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ބެންކުން ބުނީ ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރަމުންދާ ކަމަށެވެ. މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދެއެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭ ކަމަށެވެ.

ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީން ކުރެވޭނެއެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ ކަމެއް ކަމަށް ބޭންކުން ބުނެއެވެ. އަދި އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުން ކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި ވާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!