ފުވައްމުލަށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފި

ޏ.ފުވައްމުލަކުގައި ކޮވިޑް-19 ކޭސްތައް އިތުރުވެފައިވާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.
އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ލިޔުމެއްގައި، މިއަދު އަޞްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފުވައްމުލަކުގައި ޖަމާޢަތުގައި ނަމާދު ކުރަން މެދުކަނޑާލަން ވަނީ އަންގާފައެވެ.
އެ މިނިސްޓްރީގެ ސިޓީގައި ބުނެފައި ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރި ވާ ކަމަށެވެ.
ފުވައްމުލަކުން މިހާތަނަށް 11 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެރަށުގައި ކޮވިޑް-19 ފެތުރެން ފެށީ ދުބާއީ އިން އައި މީހެއްގެ ފަރާތުންނެވެ.