ކޮވިޑް19: ތިމަރަފުށިން މީހަކު ފައްސި ވެއްޖެ

ތ.ތިމަރަފުށިން މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި އެރަށުން ފައްސިވެފައި ވަނީ ކަރަންޓީނުގައި ތިބި އާއިލާއެއްގެ ތެރެއިން މީހެކެވެ. އަދި އެއީ ޒުވާން އަންހެނެއް ކަމަށް ވެސް "ދެން"އަށް ވަނީ އެނގިފައެވެ.
އެ މީހާ ކޮވިޑަށް ފައްސި ކަން އެނގިފައި ވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.
ކޮވިޑަށް ފައްސިވާ ޢަދަދުތައް މިހާރު އަނެއްކާ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މާލެއިންނާއި ރަށް ރަށުން ވެސް ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނައިރު މި ބަލީގެ އާ ވޭރިއެންޓްތައް ވެސް ރާއްޖެއިން ފެންނަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.