ޚަބަރު

ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެނީ، މިއީ ކޮވިޑް-19ގެ އެންމެ ނުރައްކާ ރާޅު: ޑރ.ނަޒްލާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެނީ ކަމަށާއި މިއީ ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ރާޅުކަމަށް ހެލްތު ޕްރޮޓެކްޝަން އިމަރޖެންސީ ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ.ނަޒްލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގައި ކަމަށާއި ހޮސްޕިޓަލު ތަކުގެ އެނދުތައް ފުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ބަލި ފެތުރުން ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މިހާރު ބަލި ފެތުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ދުވަހަކު ވެސް އެކަން ނުވާނެ ކަމަށް ވެސް ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން އަންނައިރު، މާލެ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ކާފިއު ވަގުތުތަކެއް ކަނޑައަޅައި ހަރުކަށި އުސޫލްތަކެއް އެކުލަވާލާފައެވެ.

 

Ads by Allied Insurance
  1. ރާއަލިފް

    އާމީން ދޮގު ހެދީމާ ވާނީ ޗާހެން