ޚަބަރު

މާލޭގައި މިވަގުތު ކޮވިޑް-19އަށް ޚާއްސަކޮށް ހުސްކޮށް ހުރީ އެންމެ 37 އެނދު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކުރެވިފައިވާ އެނދުތަކުގެ 86 އިންސައްތަ ފުރިއްޖެއެވެ.

Ads by Hajj Corporation

ރާއްޖޭގައި ކޮވިޑް-19އަށް ޚާއްސަކޮށް ޖުމުލަ 453 އެނދު ގާއިމު ކުރެވިފައިވާއިރު، މާލޭ ސަރަހައްދުގައި ޖުމުލަ 267 އެނދު ވަނީ ގާއިމު ކުރެވިފައެވެ. މީގެ އިތުރުން ކޮވިޑް-19އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހުޅުމާލޭގައި ޖުމުލަ 248 އެނދު ވަނީ ގާއިމު ކުރެވިފައެވެ. އެއީ ވޯޑުގައި ހުރި 217 އެނދާއި، ހައި ޑިޕެންޑެންސީ ޔުނިޓުގެ 18 އެނދާއި ޑަޔަލިސިސް އަށް ހާއްސަ ދެ އެނދުގެ އިތުރުން 11 އައިސޮލޭޝަން އެނދެވެ.

އެގޮތުން މިއަދުގެ 18:00އާ ހަމައަށް ހުސްކޮށް ހުރީ 23 އެނދު ކަމަށާއި، އަދި އައިސީޔޫގެ އަށް އެނދުކަމަށް ހެލްތު އޮޕަރޭޝަންގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު މާލޭ ސަރަހައްދުގައި ކޮވިޑަށް ފަރުވާ ދިނުމަށް ހުސްކޮށް ހުރީ އެންމެ 37 އެނދު ކަމުގައި ވެސް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އަތޮޅު ތެރޭގައި ކޮވިޑް ފެސިލިޓީތައް ގާއިމު ކޮށްފައިވާ ގޮތަށް ބަލާލާއިރު،

  • ށ. ފުނަދޫ (20 އެނދު)
  • ބ. އޭދަފުށި (45 އެނދު)
  • ލ. ގަން (41 އެނދު)
  • ގއ. ވިލިނގިލި (43 އެނދު)
  • ފުވައްމުލައް ސިޓީ (3 އެނދު)
  • އައްޑޫ ސިޓީ (34 އެނދު)

މިހާރު ކޮވިޑް-19 ހަލުވި ކަމާއެކު އަތޮޅު ތެރޭގައި ފެތުރުމާ ގުޅިގެން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ، އަދި މާލޭ ސަރަހައްދުގައި ކާފިއު ވަގުތު ކަނޑައަޅާފައިވާއިރު، މިއަދުން ފެށިގެން އިރުއޮއްސި 6 އާއި ހެނދުނު 6 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!