Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވަކި މީހެެއްގެ ދައްތައަކަށްވުމަކީ ފްލެޓުގެ ޙައްޤުން މަޙްރޫމް ވާންޖެހޭ ކަމެއް ނޫން: ފަޒްނާ

ވަކި މީހެެއްގެ ދައްތައަކަށްވުމަކީ ފްލެޓުގެ ޙައްޤުން މަޙްރޫމް ވާންޖެހޭ ކަމެއް ނޫން: ފަޒްނާ

ވަކި މީހެއްގެ ދައްތައަކަށްވުމަކީ ފްލެޓުގެ ޙައްޤުން މަޙްރޫމް ވާންޖެހޭ ކަމެއް ނޫން ކަމުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު މިފަދައިން ވިދާޅުވީ ރައީސް ޞާލިޙުގެ ދައްތަ އައިޝަތު މުޙައްމަދު ޞާލިޙަށް ހިޔާ މަޝްރޫއުއިން ފްލެޓެއް ލިބުމާ ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އައިޝަތުގެ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

އެޕޯސްޓުގައި އައިޝަތު ވިދާޅުވީ ހަސަދަވެރިކަމަކީ ތިމާގެ ހަލާކު ކަމުގައާއި އެއީ ޖަހަންނަމަޔަށް ކުރު މަގެއް ކަމުގައެވެ.

Advertisement
Allied — Dhen Online (box)

"އެހެން މީހުނަށް މާތް ﷲ ދެއްވަވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާ މޮޑެލުމަށް  މަސައްކަތް ކޮށް ތިމާއަށް މޮޅުގޮތްތަކާ ކުރިއެރުން ލިބޭނެ ކަމެއްކަމަށް ދެކެނީ މޮޔައިން ނޫން ކޮންބަޔެއް ހެއްޔެވެ. ދަންނާށެވެ ! ހަސަދަވެރިކަމަކީ ތިމާގެ ހަލާކެވެ. އެއީ ޖަހަންނަމަޔަށް ކުރު މަގެކެވެ." މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން 2016ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ، އަދި ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ އައިޝަތު ވިދާޅުވިއެވެ.

އެޕޯސްޓަށް ކޮމެންޓު ކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އައިޝަތުއަށް ފްލެޓު ލިބުނީ އަމިއްލަ ބުރަ މަސައްކަތުންނެއް ނޫނޭ އެހެން މީހުން ބުނެ ފާޑު ކިޔުމަކީ، އައިޝަތުއަށް ކުރާ މަލާމާތެއް ކަމަށާއި ފްލެޓު ލިބުން ޙައްޤު ކަމަށެވެ.

އަދި، ތައުލީމީ ދާއިރާގައި އޭނާ 38 އަހަރު ހޭދަ ކުރައްވާފައިވާ ކަމަށާއި މީހެއްގެ ދައްތައަކަށް ވުމުން ލިބެންވާ އެއްޗަކުން ޑިސްކޮލިފައިވެގެން ނުވާނެކަމަށް ވެސް ފަސްޓް ލޭޑީ ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް