Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ލުއި ޚަބަރު

ޕްލާސްޓިކް ނައްތާލުމަށް ކޮކާކޯލާ ކުންފުނިން ކަރުދާސް ފުޅި ބޭނުން ކުރަން ފަށަނީ

ޕްލާސްޓިކް ނައްތާލުމަށް ކޮކާކޯލާ ކުންފުނިން ކަރުދާސް ފުޅި ބޭނުން ކުރަން ފަށަނީ

ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކޮކާކޯލާ ކުންފުނިން ކަރުދާސް ފުޅި ބޭނުން ކުރަން ޓެސްޓު ކުރަން މިއަދު ފަށައިފިއެވެ.

ކޮކާކޯލާގެ ދާނިޝްގެ ކުންފުންޏަކުން ވަނީ ވަރަށް ބޯކޮށް ހުންނަ ކަރުދާހުގައި ފުޅިއެއް ހަދާ، އޭގައި ކޮކާކޯލާ ބަންދުކުރަން ފެށުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެފުޅީގެ ވަށައިގެން ވެސް ޕްލާސްޓިކް ލައިނެއް އިންނާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެކުންފުނިން ބުނި ގޮތުގައި އެމީހުންގެ އަމާޒަކީ 100% ރިސައިކްލް ކުރެވޭނެ، އަދި ކާބޮނޭޓެޑް ބުއިންތައް ހިމެނޭ ފުޅިތަކުން ގޭސް ބޭރު ނުވާނެ ފަދަ ކަރުދާސް ފުޅި އުފެއްދުމެވެ.

Advertisement
Ooredoo — Square (box)

މިފަދަ ފުޅި ތައްޔާރު ކުރުމުގައި ބަލާފައިވާނީ ސިއްޙަތަށް ވެސް ގެއްލުން ނުވާނެ އަދި އެބުއިންތަކުގެ ރަހަޔަށް ވެސް ބަދަލެއް ނާންނާނެ ފަދަ ގޮތަކަށް، އެފުޅިތައް ބަންދު ކުރުމަށް ކަމުގައި ވެސް ކޮކާކޯލާ ކުންފުނިން ބުނެފައިވެއެވެ.

ކޮކާކޯލާ ކުންފުނިތައް މިދިޔަ އަހަރު ވެފައި ވަނީ ދުނިޔޭގައި އެންމެ ގިނައިން ޕްލާސްޓިކް ބޭނުން ކުރަމުންދާ އެއް ކުންފުނި ކަމުގައެވެ. އެހެންކަމުން އެކުންފުނިން މިއަަހަރު ނިންމާފައި ވަނީ އެކަން ބަދަލު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.

ކަރުދާސް ފުޅި ޓެސްޓު ކުރުމުގެ ގޮތުން މިއަދުން ފެށިގެން 2000 ފުޅީގައި ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ބަންދުކޮށް، ބަހަމުން ދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް