Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެކަނި ސްނޯކުލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ!

އެކަނި ސްނޯކުލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ!

އިންޓަރ ކޮންޓިނެންޓަލް މާމު ނަގައު ރިސޯޓުން އެކަނި ސްނޯކުލިންއަށް ދިޔަ ފަތުރުވެރިއަކު ޚަބަރެއް ނުވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޮދާން އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެމްޑީއެފުން ބުނީ މި ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:58 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ގެއްލުނީ އަންހެން ފަތުރުވެރިއެއް ކަމަށާއި، އޭނާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ކޯސްޓް ގާޑުގެ ޑައިވަރުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement
Ooredoo — Truecaller (box)

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް