Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޭދަފުށީގައި ކަރަންޓީންގައި ތިބި 6 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އޭދަފުށީގައި ކަރަންޓީންގައި ތިބި 6 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ބ.އޭދަފުށީގައި ކަރަންޓީންގައި ތިބި 6 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

"ދެން"އާ ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް ޠަލާލް އަބްދުއްރަހްމާން ވިދާޅުވީ ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއް ކަމަށެވެ. އަދި އެ އާއިލާ ކޮވިޑް-19 އަށް ޓެސްޓު ކުރީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ  ކުރިން އަލާމާތްތައް ފެނުމުން ކަމަށް ވެސް ޠަލާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޠަލާލް ވިދާޅުވީ އެ އާއިލާގެ މީހަކާ އެހެން އެއްވެސް މީހަކާ ކޮންޓެކްޓް ވެފައި ނުވާނެ ކަމަށާއި އެ އާއިލާއިން ހޯމް ކަރަންޓީނުގައި ތިބީ ވަކި އެޕާރޓްމެންޓެއްގައި ކަމަށެވެ. އަދި އެ އާއިލާގައި 4 މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް ޠަލާލް ފާހަގަ ކުރެއްވިއެވެ.

Advertisement
HDC — Sidebar (box)

ކޮވިޑްގެ ތިންވަނަ ރާޅާއެކު ފައްސި ވޭދަނަތައް އިތުރުވަމުންދާއިރު އޭގެ ތެރޭގައި ރަށް ރަށުން ފައްސިވާ ގިނަ އަދަދެއްގެ ބަޔަކު ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް