Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަންތާ އެއާގެ ސީޕްލޭނެއް ވެއްޓިއްޖެ

މަންތާ އެއާގެ ސީޕްލޭނެއް ވެއްޓިއްޖެ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.

މަންތާ އިން ބުނީ މިސީޕްލޭނަކީ މާލިފުށިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބޯޓެއް ކަމަށާއި، ބޯޓިގައި ހަ ފަސިންޖަރުންނާއި ތިން ކުރޫ މެމްބަރުން ދަތުރުކުރި ކަމަށެވެ.

ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މިހާރު އެ އެއާލައނުން ވަނީ ފަސިންޖަރުންނާއި ކްރޫއިންގެ އާއިލާތަކަށް އެ ހާދިސާގެ މައުލޫމާތު އަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާ އާ ގުޅިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ސީޕްލޭންތައް ވަނީ އެހެން ތަންތަނަށް ޑައިވާޓް ކޮށްފައެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓު އޮތީ ވެއްޓި ފުށުން ޖެހިފައެވެ. އަދި ފެންނަން އޮތީ ބޯޓުގެ ދެ ކަނދު އެކަންޏެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް