Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސްނޯކެލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ސްނޯކެލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ނުފެނޭ

އިންޓަރ ކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން އެކަނި ސްނޯކުލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓު ގާޑު ޑައިވަރުން އަންނަނީ ހުުއްޓުމެއް ނެތި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން ކަނޑުގެ ސާފޭސްގެ އިތުރުން ޑައިވް ކޮށްގެން ވެސް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 08:58 ހާއިރުއެވެ.

ގެއްލުނީ އަންހެން ފަތުރުވެރިއެއް ކަމަށާއި، އޭނާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް