Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު 5 މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު 5 މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކާއި ބަނގުރާ ފުޅިތަކަކާއެކު މާލެއިން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ހަބީބު ބެންކާ ދިމާލު މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައި ފާސްކުރުމުގެ ތެރޭގައި 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 44 އަހަރުގެ މީހެކެވެ. އެމީހުން ހައްޔަރު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް