Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޙަރާމް ކުރެއްވި ކަންކަމުގެތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯވޭ: މައުމޫން

ޙަރާމް ކުރެއްވި ކަންކަމުގެތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯވޭ: މައުމޫން

މިއުޒިކް ކުޅުމާއި، ލަވަކިޔުން ހުއްދަ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

“ދި ޑެއިލީ” ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ މަތިވެރި ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.

ދި ޑެއިލީއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ އެއްވެސްކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށެވެ. އަދި އެ އިލާހު ޙަރާމް ކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށާއިނއެ ކަންކަމުގެ ތެރޭގައި، މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

މައުމޫން ވިހެން ވިދާޅުވެފައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް