Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

5000 ގަސް އިންދުމުގެ އަމާޒާއެކުސްޓެލްކޯއިން “ރަށް ފެހި”ޕްރޮގްރާމް ފަށައިފި

5000 ގަސް އިންދުމުގެ އަމާޒާއެކުސްޓެލްކޯއިން “ރަށް ފެހި”ޕްރޮގްރާމް ފަށައިފި

5000 ގަސް އިންދުމުގެ އަމާޒާއެކު ސްޓެލްކޯއިން “ރަށް ފެހި”ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމް ފައްޓަވާ ދެއްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރި ކުރުވުމަށާއި، ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފެއްޓެވި ޚާއްސަ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން ބުނީ “ރަށް ފެހި” ޕްރޮގްރާމް މި އަހަރުވެސް މާލެ ސަރަހައްދު ފިޔަވާ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި އިއްޔެ ކުރިޔަށް ގެންދެވިފައި ވާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ ކުރިން މި ޕްރޮގްރާމްގެ ދަށުން 2019 ވަނަ އަހަރު 2000 ގަސް އިންދާފައި ވެއެވެ. އަދި 2020 ގައި 3000 ގަސް އިންދާފައި ވާއިރު މިއަހަރުގެ އަމާޒަކީ 5000 ގަސް އިންދުން ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

https://twitter.com/stelcomaldives/status/1361171452838387712?s=21

ސްޓެލްކޯއިން ކުރިއަށް ގެންދާ ގަސް އިންދުމުގެ ޙަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ރަށްފެހި" ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށް ފެހި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙު ކޮށްދެއްވާފައި ވަނީ 15 ޑިސެމްބަރު 2018 ގައެވެ. ސްޓެލްކޯއިން ވަނީ މި ޕްރޮގްރާމް ހުއްޓާނުލާ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް