Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުރިހަމަ ތަރައްޤީއަކަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ވެސް ދޭންޖެހޭ: މަބްރޫކް

ފުރިހަމަ ތަރައްޤީއަކަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ވެސް ދޭންޖެހޭ: މަބްރޫކް

ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަން ޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަބްރޫކް ވިދާޅުވީ ފުރިހަމަ ތަރައްޤީއެއް ރައްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެގޮތުން 5 އަހަރުގެ 1 ދައުރަށް ވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެން ދާނެ ކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ އެމަނިކުފާނަކީ، ވަރަށް ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ، އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް