Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑިންގީއެއްގައި އޮޔާދަނިކޮށް ފެނުނީ މިއަދު މަރުވި ބިދޭސީ މީހާއާ ގުޅުންހުރި މީހެއްކަމަށް އެނގިފައިވޭ: ފުލުހުން

ޑިންގީއެއްގައި އޮޔާދަނިކޮށް ފެނުނީ މިއަދު މަރުވި ބިދޭސީ މީހާއާ ގުޅުންހުރި މީހެއްކަމަށް އެނގިފައިވޭ: ފުލުހުން

ވ. ފޮށްތެޔޮ ބޮޑުފުށިން ފެނުނު މަރުވެފައި އޮތް މީހާއަކީ،  ވ.އަންބަރާ ބޭރުން އޮޔާދިޔަ ޑިންގީގައި ހުރި މީހާއާ ގުޅުންހުރި މީހެއް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވ. ފޮށްތެޔޮ ބޮޑުފުށިން ފެނުނު މަރުވެފައި އޮތް މީހާއަކީ، ވ.އަންބަރާ ބޭރުން އޮޔާދިޔަ ޑިންގީގައި ހުރި މީހާއާ ގުޅުންހުރި މީހެއް ކަމަށް، މިހާތަނަށް ތަހުގީގަށް ހޯދުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

އޮޔާދިޔަ ޑިންގީއެއްގައި ހުރި ލަންކާ މީހަކު "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި މީހުންނަށް ފެނިގެން މިއަދު 17:12 ހާއިރު ވަނީ އެމްއެންޑީއެފް އަށް އަންގާފައެވެ. ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ޑިންގީއާއެކު އެމީހާ ވ.ފެލިދޫ އަށް ގެންގޮސް 19:25 ހާއިރު ވަނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މިއަދު 11:02 ހާއިރު ވ. ފޮށްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެއީ ވެސް ލަންކާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑި ކަނޑަށް އެރަށަށް ގޮސް އުޅުނު ބަޔަކަށް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް