ޚަބަރު

މިހާތަނަށް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ނުބެލެވޭ: އީއޯސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިހާތަނަށް ބެލި ބެލުމުން އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފިއެވެ.

Ads by Sosun Fihaara

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑރ. ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫ ކްލަސްޓާ އާ ގުޅިގެން މިހާތަނަށް އައްޑޫ ބޭރުން އެއްވެސް މީހެއް ފައްސިވެފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ކޮވިޑް އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށާއި އެގޮތަށް ދިމާވީ މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އިޖާބަ ދެމުން އަންނާތީ ކަމަށެވެ.

އައްޑޫސިޓީގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން، ދެ ކްލަސްޓާއެއް އުފެދުނެވެ. އެއީ އައްޑޫސިޓީ ހުޅުމީދޫން އުފެދުނު ކްލަސްޓާ އަކާއި އައްޑޫސިޓީ ހިތަދޫން އުފެދުނު ކްލަސްޓާ އެކެވެ.

ހުޅުމީދޫން 26 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، ހިތަދޫގައި ކަރަންޓީނުގައި ނެތް ދެ މީހަކު ފައްސި ވެގެން އެ ރަށް ވެސް މޮނީޓަރިންއަށް ލެވުނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!