Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

ހަލުވިކަމާއެކު އައްޑޫ ސިޓީގައި ކޮވިޑް19 ފެތުރެމުންދާތީ، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގާފައިވާ މުއްދަތު އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލް އަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީން ކޮވިޑް ފެނި އެ ސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާތި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު މަޣްރިބް ނަމާދުން ފެށިގެން އަންނަ ހަފްތާ އަންގާރަ ދުވަހުގެ އިޝާ ނަމާދާއި، ހަމަައަށް އެ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުހެދުމަށް ދަންނަވާ ކަމަށެވެ.

އަދި މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” އެފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް ދަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement
Allied Insurance — Square (box)

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކުރުމަށް ވަނީ އަންގާފައެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް