ޚަބަރު

ކޮވިޑް-19: އައްޑޫން ފައްސިވި އަދަދު 60 އިން މައްޗަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކޮވިޑް-19ގެ ކްލަސްޓާއިން މިހާތަނަށް 63 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

Ads by MWSC

އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނެއެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ. އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 300އަށްވުރެ ގިނަ މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައި ވެއެވެ.

އެ ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ އައްޑޫސިޓީ ކްލަސްޓާއާ ގުޅޭ މައުލޫމާތު ތަަކުން ދައްކާގޮތުގައި އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 234 ގެ ކަރަންޓީން ކޮށްފައިވާއިރު، 341 ޑައިރެކްޓް ކޮންޓެކްޓްސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 63 މީހުން ވަނީ ފެނިފައެެވެ.

އެއީ ހިތަދޫން ޕޮޒިޓިވްވި 20 މީހަކާއި، ހުޅުމީދޫން ޕޮޒިޓިވްވި 26 މީހަކާއި އަދި، ފޭދޫން 13 މީހެއްގެ އިތުރުން މަރަދޫފޭދޫން ހަތަރު މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި އައްޑޫ ސިޓީގައި އިޢުލާން ކޮށްފައިވާ ކާފިޢު މިހާރު ވަނީ ދިގު ދަމާލާފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ 2021 ފެބުރުވަރީ 9 ވީ އަންގާރަ ދުވަހު އަންގައިފައިވާ ނަންބަރު 2021/4 ގެ އެންގުމުގެ މުއްދަތު، އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!