Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކ. ގުރައިދޫން މީހަކު ފައްސިވެ އެރަށަށް އަރާ ފޭބުން މަނާކޮށްފި

ކ. ގުރައިދޫން މީހަކު ފައްސިވެ އެރަށަށް އަރާ ފޭބުން މަނާކޮށްފި

ކ. ގުރައިދޫން މީހަކު ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެ ރަށުން ފައްސިވެފައި ވަނީ ކަރަންޓީނުގައި ހުރި މީހެކެވެ. އެ މީހާ ފައްސި ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާ ކަމަށް ކައުންސިލުން ބުނެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،082 މީހުން ފައްސި ވެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 120 މީހުންނާއި، އަތޮޅުތެރެއިން 3 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 6 މީހެކެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،633 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 172 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް