Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19: ޔޫކޭ ވޭރިއެންޓް ރާއްޖެއިން ފެނިއްޖެ

ކޮވިޑް-19: ޔޫކޭ ވޭރިއެންޓް ރާއްޖެއިން ފެނިއްޖެ

ކޮވިޑް-19 ގެ އާ ވޭރިއެންޓްތަކުގެ ތެރެއިން ޔޫކޭ ވޭރިއެންޓް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ހާމަ ކޮށްފިއެވެ.

އެޗްއީއޯސީން މިވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި އިތުރު ވޭރިއަންޓުތައް އުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން މިހާރު ދުނިޔޭގައި ކޮވިޑްގެ ހަތަރު ވައްތަރެއްގެ ވޭރިއަންޓު އެބަ އުޅޭ ކަމަށް ވެސް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ. އަދި އިތުރު ވޭރިއަންޓުތައް ވެސް ރާއްޖޭގައި އުޅޭތޯ މިހާރު ބަލަމުން އަންނަ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޑރ. ނަޒްލާ ވިދާޅުވީ ދިވެހިން ގިނައިން ދަތުރު ކުރާތީ ރާއްޖޭގައި އިތުރު ވޭރިއަންޓުތައް އުޅުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއަންޓުތަކުން ސަލާމަތްވާން ވެސް އޮތް އެންމެ ރަނގަޅު އެއް ގޮތަކީ ވެކްސިން ޖެހުންކަން ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ޔޫކޭ ވޭރިއަންޓާ ދެކޮޅަށް ވެސް ރާއްޖޭގައި ދިން"ކޮވިޝީލްޑް" ވެކްސިން ކާމިޔާބުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ވެކްސިން ގަތުމަށް އިނގިރޭސިވިލާތުން ވެސް ވިސްނަމުން ގެންދާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް