Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަޕާނުން އެމްއާރްސީސީ އަށް 3.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ޖަޕާނުން އެމްއާރްސީސީ އަށް 3.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ރާއްޖޭގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނާއި ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީއާއެކު އެއްބަސްވެއްޖެއެވެ.

ޖަޕާނު ސަރުކާރާއި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ޔޫ.އެން.އޯ.ޑީ.ސީއިން ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެގޮތުން އެމް.އާރު.ސީ.ސީގައި ޓްރެއިނިންގ ސެންޓަރެއް ތަރައްޤީކޮށް އެތަނުގައި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަކީ ޖަޕާން ސަރުކާރާއި ޔޫ.އެން.އޯ.ޑީ.ސީގެ އަމާޒެކެވެ.

Advertisement
Ooredoo — Truecaller (box)

ޖުމްލަ 7.6 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ކޯސްޓް ގާޑުގެ އޮފިސަރުންނާއި ޤާނޫނު ތަންފީޒު ކުރުމަށް ޙަރަކާތްތެރިވާ އެހެނިހެން އިދާރާތަކަށް ވެސް ޓްރެއިނިންތައް ހިންގުމަށް ވަނީ ނިންމާފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް