Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވޯޓަކާ ނުލައި އިންތިޚާބުކުރުން ޤާނޫނު އަސާސީއާ ޚިލާފް: ހައިލަމް

ވޯޓަކާ ނުލައި އިންތިޚާބުކުރުން ޤާނޫނު އަސާސީއާ ޚިލާފް: ހައިލަމް
އިންތިޚާބަކާ ނުލައި، ގޮޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެޖެއެވެ. ހައިލަމް ވިދާޅުވީ މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް(ވޯޓުން)ހޯދުމަކާ ނުލައި، އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
“ރައްޔިތުންގެ ސިއްރު ވޯޓުން އިންތިޚާބުކުރުން ޤާނޫނު އަސާސީން ލާޒިމްކުރާ މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް(ވޯޓުން)ހޯދުމަކާ ނުލައި، އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން” ހައިލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނު އަސާސީގައި ކައުންސިލް ތަކަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މެމްބަރުންކަމަށް ކަނޑައެޅިގެން ބުނެފައި ވާނެ ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހަށް އެންމެ ފުރަތަމަ ތާވަލް ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ފަހުންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް އަހަރެއް ވެފައިވާއިރު، މިހާރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގައެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް