Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް ވެކްސިންގެ އަސަރު ދެމި ހުންނާނީ އެއް އަހަރަށް: ޑރ.މުހައްމަދު އަލީ

ކޮވިޑް ވެކްސިންގެ އަސަރު ދެމި ހުންނާނީ އެއް އަހަރަށް: ޑރ.މުހައްމަދު އަލީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރަމުންދާ ވެކްސިންގެ އަސަރު ހުންނާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަށިގަނޑުގައި އެންޓިބޮޑީ ހުންނަ މިންވަރަށް ބަލާއިރު އެ އެންޓިބޮޑީޒް ދަށް ނުވެ އެއް އަހަރަށް ވުރެ ގިނަ ދުވަހު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 6،171 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 56،218 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

Advertisement
Allied Insurance — Square (box)

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 43،838 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 12،380 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން 219 މީހަކަށް ވެކްސިން ދީފައިވެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،224 މީހުން ފައްސި ވެފައިވެއެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް