Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: ފުވައްމުލަކުން އިތުރު މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ފުވައްމުލަކުން އިތުރު މީހަކު ފައްސިވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފުވައްމުލަކު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހް ވިދާޅުވީ، އިއްޔެ 6:00 އިން މިއަދުގެ 9:00 ހާ ހަމައަށް އެ ސިޓީން އެކަކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ.

މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެެވެ.

Advertisement
Allied — Dhen Online (box)

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 129 މީހުންނާއި، އަތޮޅުތެރެއިން 6 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 5 މީހަކާއި ކަނޑުމަތީ އުޅަނދުތަކުން 2 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،224 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،768 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް