ގެނބެމުންދިޔަ ކައުންސިލަރަކު ސަލާމަތްކޮށްފި
ބ. އޭދަފުށީގައި މިއަދު މޫދަށް އެރި އުޅެނިކޮށް ގެނބުނު އަތޮޅު ކައުންސިލް މެންބަރަކު ސަލާމަތް ކޮށްފިއެވެ.
ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފައި ވަނީ ކެންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އައިޝަތު ޝިފާނާއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ އޮފިސަރު ސިދުގީ އަބްދު الله ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:45 ހާއިރު ކަމަށެވެ.އަދި ޝިފާނާ ސަލާމަތް ކުރުމަށްފަހު އެންމެ ފުރަތަމަ އަވަސް ފަރުވާ ދީފައިވަނީ ބ އަތޮޅު ހޮސްޕިޓަލުގެ ޑްރައިވަރު ކަމަަށް ވެސް ސިދުގީ ވިދާޅުވިއެވެ.
ސިދުގީ އިތުރަށް ވިދާޅުވީ ޝިފާނާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގެނބެމުން ދިޔަ ކައުންސިލް މެންބަރު ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުގައި އެވަގުތު ހުރި އާންމުންގެ މީހެކެވެ.