Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ލުއި ޚަބަރު

ގޭގައި އޮތުމަށްވުރެ، ޖަލަށް ދިއުން ވެސް މާ ރަނގަޅު ކަމަށް ބުނެ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ގޭގައި އޮތުމަށްވުރެ، ޖަލަށް ދިއުން ވެސް މާ ރަނގަޅު ކަމަށް ބުނެ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުރަބަންދުގެ ހާލަތުގައި ގޭގައި އޮތުމަށްވުރެ ޖަލަށް ދިއުން ވެސް މާ ރަނގަޅު ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ފިރިހެނަކު އަމިއްލައަށް ފުލުހުންނާ ހަވާލު ވެއްޖެއެވެ.

މި މީހާ ފުލުހުންނާ ހަވާލުވީ ގޭގައި އަމާން މާހައުލެއް ނެތުމުން، ހިތްހަމަޖެހޭ އަމާން މާހައުލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެއެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެެވެ. އެގޮތުން އެ ސިޓީގެ ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަމާން މާހައުލެއް ހޯދުމަށް މީހަކު ފުލުހުންނާ ހަވާލުވެފައި ވާ ކަމަށެވެ. އަދި މި މީހާ ވަނީ ގޭގައި ފުރަބަންދުގެ ހާލަތުގައި އޮތުމަށްވުރެ ޖަލަށް ދިއުން މާ ރަނގަޅު ކަމަށް ވެސް ބުނެފައެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން، ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޭގައި އޮންނަން ބޭނުން ނުވާ ސަބަބަކީ އޭނާގެ ގޭގައި އުޅޭ މީހުންނާއެކު ވަގުތު ހޭދަ ކުރަން ބޭނުން ނުވުމެވެ.

ފުރަބަންދުގެ ހާލަތުގައި ގިނަ ބައެއްގެ ދިރިއުޅުމަށް ބަދަލު އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އާބާދީގެ 53 އިންސައްތަ މީހުން ފުރަބަންދާ ގުޅިގެން އާދަޔާޚިލާފަށް ރުޅި ގަދަވެ އެކީގައި އުޅޭ މީހުންނާ ޒުވާބު ކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް