Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފައިނުން ގެއްލުނު 5 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައި އޮއްވާ މޫދު އަޑިން ފެނިއްޖެ

ފައިނުން ގެއްލުނު 5 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައި އޮއްވާ މޫދު އަޑިން ފެނިއްޖެ

ރ. އަތޮޅު ފައިނުން ގެއްލިގެން ހޯދަމުން ދިޔަ 5 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައި އޮއްވާ މޫދު އަޑިން ފެނިއްޖެއެވެ.

ފައިނު ކައުންސިލު ރައީސް އިބްރާހިމް ނާސިރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އުމުރުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެރަށު މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

"ފުން މިނުގައި ދެ ފޫޓު ހުރި ތަނެއް އެއީ. އެކުއްޖާ ފެނިފައިވަނީ 5:35 ހާއިރު" ނާސިރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް، އެސަރަޙައްދުން އެކުއްޖާ ފެނުނީ އާންމުންގެ މީހަކަށް ކަމަށާއި، ކުއްޖާ ފެނުނީ ރާޅު ނަގާތާ މޫދު އަޑިން ކަމަށް ނާސިރު ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު އަތިރިމަތީގައި ކުޅެން އުޅުނު ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނިގެން ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް