Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ގުރައިދޫގެ މޮނީޓަރިން ހާލަތު އުވާލައިފި

ކޮވިޑް-19: ގުރައިދޫގެ މޮނީޓަރިން ހާލަތު އުވާލައިފި

ކ. ގުރައިދޫގައި މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.

ގުރައިދޫ މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ކަރަންޓީނުގައި ހުރި މީހަކު އިއްޔެ ކޮވިޑް-19 އަށް ފައްސިވެ، އެމީހާއާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިން މީހުން ތިބިކަން ދެނެގަނެވުމުންނެވެ.

އެކަން ދެނެގަނެވުނު ހިސާބުން އެރަށް މޮނީޓަރިންގަށް ލުމަށް ފަހު، އިތުރު ސާމްޕަލްތަކެއް ޓެސްޓު ކުރުމަށް ނެގި ކަމަށާއި އެހުރިހާ ސާމްޕަލެއް ވެސް ނައްސި ވެފައިވާކަމަށް، އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑް-19 ފެތުރުން ވަނީ އިތުރު ވެފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑޭޓާއަށް ބަލާއިރު އިއްޔެ ވެސް ރާއްޖެއިން މުޅިއަކު 116 މީހަކު ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އެއީ މާލެއިން 108 މީހުންނާއި، އަތޮޅުތެރެއިން 3 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 4 މީހެއްގެ އިތުރުން ކަނޑު އުޅަނދު ފަހަރުން އެކަކެވެ.

މިޙާރު ރާއްޖެއިން މިބަލީގައި 15،863 މިހުން ބަލިން ރަނގަޅު ވެފައިވާއިރު 58 މީހަކު ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް