Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބިދޭސީ މަސައްކަތްތެރިން ވެކްސިން ޖަހަން ރެޖިސްޓްރީ ވާން ހުޅުވާލައިފި

ބިދޭސީ މަސައްކަތްތެރިން ވެކްސިން ޖަހަން ރެޖިސްޓްރީ ވާން ހުޅުވާލައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ކޮވިޑް-19 ވެކްސިން ޖަހަން ރަޖިސްޓްރީ ވާން ހުޅުވާލައިފި އެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ވޯކް ޕާމިޓް ލިބިފައިވާ ބިދޭސީ މުވައްޒަފުންނަށް މިހާރު "މައި ހެލްތް ޕޯޓަލް" މެދުވެރިކޮށް ވެކްސިން ޖަހަން ރަޖިސްޓާ ވެވޭނެ ކަމަށެވެ.

އަދި، ވެލިޑް ވޯކް ޕާމިޓް ނެތް ބިދޭސީ މަސައްކަތްތެރިން މޯލްޑިވްސް ރެޑްކްރެސެންޓް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

Advertisement
Ooredoo — Square (box)

އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ޖެހުން ކުރިއަށް ދާއިރު މިއަދު ހާއްސަ ކުރެވިފައި ވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނާއި 35 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މިހާތަނަށް 64،048 މީހުންނަށް ވެކްސިން ދީފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަދި ދެމުން ގެންދަނީ އިންޑިއާގެ ސިރަމް އިންސްޓިޓުއުޓުން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް