Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19: މާފުށިން ފަތުރުވެރިންތަކެއް ފައްސި ވެއްޖެ

ކޮވިޑް-19: މާފުށިން ފަތުރުވެރިންތަކެއް ފައްސި ވެއްޖެ

ފުޅާދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކ. މާފުށިން ފަތުރުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނީ މިއަދު ކޮވިޑަށް ފައްސިވީ 145 މީހުންގެ ތެރޭގައި މާފުށިން ފައްސިވި ހަތަރު މީހަކު ހިމެނޭ ކަމަށާއި އެއީ ގެސްޓް ހައުސްއެއްގައި ތިބި ފަތުރުވެރިންތަކެއް ކަމަށެވެ. ފައްސިވުމާ ގުޅިގެން އެ މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ.

ކޮވިޑަށް ފައްސި ވެފައިވަނީ ތިން ގެސްޓް ހައުސްއެއްގައި ތިބި މީހުންނެވެ.

Advertisement
Ooredoo — Square (box)

މިއަދު ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ފުވައްމުލަކު ހަތަރު މީހަކާއި ގުރައިދޫ 8 މީހަކާއި ރަސްގެތީމު ތިން މީހަކާއި ކޮޅުފުށި މީހަކާއި ހދ. ހަނިމާދޫން މީހަކު ވެސް ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 89 މީހުންނާއި، އަތޮޅުތެރެއިން 22 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 32 މީހަކާއި ކަނޑުމަތީ އުޅަނދުތަކުން 2 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،612 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 16،061 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 60 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 162 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 488،068 ސާމްޕަލް ނަގައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް