Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

18،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފި

18،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފި
18،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފިއެވެ. ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް 18,199 މީހަކަށް މިހާތަނަށް އެ ފައިސާ ދޫކޮށްފައި ވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނާނެ އެވެ.

މީގެ ކުރިން ދެ ބުރެއްގެ މަތިން އެލަވެންސް ދޫކޮށްފައިވެއެވެ. ތިންވަނަ ބުރުގައި ފައިސާ ދޫކޮށްފައި ވަނީ އޮކްޓޯބަރުން ފެށިގެން ޑިސެންބަރު މަހާހަމައަށް އެލަވަންސް ދިނުމަށް ހުޅުވައިލިއެވެ. އެ ފުރުޞަތު މިހާރު ވަނީ ހަމަވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް