އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑި އިތުރު ކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރާ ރަސްމީ ގަޑިއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން އެކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އެ ކޮމިޝަންގެ ރަސްމީ ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 04:00 ކަމަށެވެ.
އީސީ އިން ބުނެފައި ވަނީ، އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން މިއަދު އިއުލާނު ކުރި ރަސްމީ ގަޑިއަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެކޮމިޝަންގެ ރަސްމީ ވަގުތު އިތުރު ކޮށްފައި ވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އެ ކޮމިޝަނުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އަދިވެސް ފޯރު ކޮށްދެމުން ދަނީ އޮންލައިންކޮށެވެ. އެގޮތުން، އޮފީސް ހުޅުވި ނަމަވެސް ޢާންމު ފަރާތްތަކުން އެ ކޮމިޝަނަށް ހާޟިރުވެގެން ޚިދުމަތް ހޯއްދެވުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.