ލުއި ޚަބަރު

14 މަސް ދުވަހު ވަޅުލާފައި އޮތް ބާގާއެއް ކެއި މީހަކަށް ގިނަ ބައެއްގެ ސަމާލުކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ މަޝްހޫރު ޔޫޓިއުބަރެއް ، 14 މަސް ދުވަސް ވަންދެން ވަޅުލައިފައިވާ އޮތް ބާގާ އެއް ކައިފިއެވެ.

Ads by STELCO

މެޓް ޑޭވިޑް ނަމަކަށް ކިޔާ މި މީހާ ކައިފައި ވަނީ މެކް ޑޮނަލްޑް ގެ ބާގާ އެކެވެ. އޭނާ ވަނީ ބާގާ ކަމުން ދިޔަ އިރު ވީޑިއޯ އެއް ކޮށް މި ވީޑިއޯ އޭނާގެ ޔޫޓިއުބް ޗެނަކްގައި ހިއްސާ ކޮށްފައެވެ. އަދި އެ ކަމުން ދިޔައިރުވެސް އޭނާގެ ބަނޑަށް އުނދަގޫވާން ފަށައިފި ކަމަށް ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

ގިނަ މީހުންނަކީ ކެއުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ނަމވެސް ދުވަސްވެ ކުނިވެފައިވާ ކާނާ އަކީ އެއްވެސް މީހަކު ކާން ބޭނުން ވާނެ އެއްޗެއް ނޫންކަން ގައިމެވެ. ނަމަވެސް ކުނި ވެފައިވާ މި ބާގާ ޑޭވިޑް ކެއީ އޭނާގެ 40 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި "މެކް ޑޮނާލްޑްގެ 365 ޗެލެންޖް " ގައި ބައިވެރިވެގެންނެވެ.

އޭނާ ޔޫޓިއުބްގައި އަޕްލޯޑް ކުރި ވީޑިޔޯގައި ބާގާގެ އިތުރުން ފްރެންޗް ފްރައިސްތައް ކާ މަންޒަރު ވެސް ފެނެއެވެ. ޑޭވިޑަކީ އޭނާގެ ޔޫޓިއުބް ޗެނަލް އުފެއްދީންސުރެ ވެސް ތަފާތު ޗެލެންޖުތަކުގައި ބައިވެރިވާ މީހެކެވެ. އެގޮތުން، އޭނާއަށް މީގެ ކުރިން މީހަކު ޗެލެންޖު ކުރީ އެއް އަހަރު ވަންދެން މެކް ޑޮނާލްޑްގެ ކެއުމެއް ވަޅުލުމަށެވެ އަދި މި ޗެލެންޖު އިތުރަށް ކުރިއެރުވުމަށް ޓަކައި ޑޭވިޑް ނިންމީ 14 މަސް ދުވަސް ވަންދެން ބިމު އަޑީގައި މި ކެއުން ބޭއްވުމަށްފަހު ކެއުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!