Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުވައްމުލަކުގައި ކޮވިޑް-19 ގެ އާ ކްލަސްޓާއެއް: ހަތް މީހަކު ފައްސިވެއްޖެ

ފުވައްމުލަކުގައި ކޮވިޑް-19 ގެ އާ ކްލަސްޓާއެއް: ހަތް މީހަކު ފައްސިވެއްޖެ

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ފުވައްމުލަކު ސިޓީގައި، އާ ކްލަސްޓާއެއް އުފެދި ހަތް މީހަކު ފައްސި ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ފުވައްމުލަކުގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ކޭސްތަކާ ގުޅުން ނެތް މީހަކު އިއްޔެ ފައްސިވެ، އެ ކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިހާރު އެ ސިޓީގައި އިތުރު ދެ ކްލަސްޓާއަކަށް ވަނީ އުފެދިފައެވެ.އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ ކްލަސްޓާ އަކާއި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާ ގުޅުން ހުރި ކްލަސްޓާއެކެވެ. ފުވައްމުލަކު ސިޓީއާ ގުޅިފައިވާ ތިން ވަނަ ކްލަސްޓާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

Advertisement
Allied — Dhen Online (box)

ފުވައްމުލަކުން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެސިޓީގައި އަޅާފައެވެ. އޭގެ ތެރޭގައި ރޭގަނޑު 20:00 ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ފިހާރަ/ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް