Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓެލިކިލާހަށް ބައިނަލްއަޤުވާމީ އެވޯޑެއް

ޓެލިކިލާހަށް ބައިނަލްއަޤުވާމީ އެވޯޑެއް

ތަޢުލީމީ ދާއިރާގައި ބޭނުންކުރާ އީޖާދީ އުފެއްދުންތަކަށް ޚާއްސަކޮށް ، ދޭ ބައިނަލްއަޤުވާމީ އެވޯޑެއް ކޯވިޑް-19ގެ ތެރޭގައި ހިންގި ޓެލިކިލާހަށް ލިބިއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 'ވެންހުއި އެވޯޑް ފޮރ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020' އެވޯޑް ކަމަށެވެ. އަދި މިއީ މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.  މިއެވޯޑާއެކު ރާއްޖެއަށް 20،000 ޑޮލަރު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

https://twitter.com/aisthly/status/1363371677069897731?s=21

Advertisement
Ooredoo — Square (box)

ޝަރަފުވެރި މިއެވޯޑު ލިބުމާއެކު އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވަނީ ޓެލިކިލާސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

މިއެވޯޑަކީ 2010ވަނަ އަހަރުން ފެށިގެން މި ދެ އިދާރާ ގުޅިގެން އޭޝިއާ ޕެސިކިފް ޤަޢުމުތަކުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތުން ފާހަގަކުރެވޭ ޚިދުމަތްކުރާ ފަރާތްތަކާއި އިދާރާތަކުގެ އަގު ވަޒަން ކުރުމަށް ދެމުން އަންނަ އެވޯޑެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް