Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ލުއި ޚަބަރު

ދެމަފިރިއަކު ކައިވެނި ކުރި ދުވަހު ލޭ ހަދިޔާކޮށް އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްފި!

ދެމަފިރިއަކު ކައިވެނި ކުރި ދުވަހު ލޭ ހަދިޔާކޮށް އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްފި!

އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރު ޕަރުދޭޝްގެ ދެ ލޯބިވެރިން ކައިވެނި ކުރުމަށް ފަހު، ލޭ ހަދިޔާކޮށް އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްފިއެވެ.

މި މަންޒަރު ފެންނަ ފޮޓޯއެއް އިންޑިއާގެ ފުލުހަކު ވަނީ ޓުވިޓާގައި ހިއްސާ ކޮށްފައެވެ. އަދި ޓުވިޓާގައި ހިއްސާ ކުރަމުން އޭނާ ލިޔެފައިވަނީ، "އަހަރެންގެ އިންޑިއާ މާ ރަނގަޅެވެ" މިހެންނެވެ. އަދި މިހާރު މި ފޮޓޯ ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ އިޙުތިރާމާއި ލޯބި މި ދެމަފިރިންނަށް ވަނީ ލިބިގެން ގޮސްފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި މި ދެމަފިރިން ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރުމަށް ގޮސްފައި ވަނީ ކައިވެނި ކުރުމަށް ފަހުގައި، ކައިވެނީގެ ހެދުމުގައެވެ. އެގޮތުން ފިރިމީހާ ލޭ ހަދިޔާ ކުރުމަށް ކަށި ޖަހައިފައިވާ މަންޒަރު ފެނިގެންދާއިރު، އޭނާ ކައިރީގައި އޭނާގެ ލޯބިވާ އަލަތު އަނބިމީހާ ހުންނަ މަންޒަރު ވެސް ފެނިގެން ދެއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން ޓުވިޓާގައި ގިނަ ބަޔަކު އަންނަނީ އަލަށް ކައިވެނި ކުރި މި ދެމަފިރިންނަށް މަރުޙަބާއާއި ތަހާނީ އަރިސް ކޮށްފައެވެ. ހަގީގަތުގައި ވެސް މިދެމަފިރިން ލޭ ހަދިޔާކޮށް ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށް ދައްކާފައި އެވަނީ އިންސާނިއްޔަތުގެ ފުރިހަމަ ނަމޫނާއެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް