Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއިން ގެއްލުނު ފަތުރުވެރިޔާ ބަނޑުބޮޑު، ހޯދައިދިން ފަރާތަކަށް އެއް ލައްކަ ޑޮލަރު

ރާއްޖެއިން ގެއްލުނު ފަތުރުވެރިޔާ ބަނޑުބޮޑު، ހޯދައިދިން ފަރާތަކަށް އެއް ލައްކަ ޑޮލަރު

މި މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ރިސޯޓަކުން ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އާ ގުޅުން ހުރި މައުލޫމާތު ދޭ ފަރާތަކަށް 1 ލައްކަ ޑޮލަރު ނުވަތަ 15 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން އާއިލާ އިން ހުށަހަޅައިފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ޚަލީޖް ޓައިމްސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދުބާއީގެ މި ފަތުރުވެރިޔާ ގެއްލުނު އިރު އޭނާ ބަނޑު ވެސް ބޮޑެވެ. އުމުރުން 33 އަހަރުގެ ގިއެދްރޭ ވަސްކައިޓެ އެ ދުވަހު އެއްވެސް ހަބަރެއް ނުވެ ގެއްލުނުއިރު، އޭނާގެ ބަނޑަށް 8 މަސް ކަމަށާއި އަންނަ މާޗު މަހު އޭނާ ވިހާނެ ކަމަށް ގިއެދްރޭގެ ފިރިމީހާ ޕަރްމާރް ގުރްޝަރަންޖީތު ވަނީ ބުނެފައެވެ.

ޝަރްމާރު ބުނީ ޕޫލުގައި ދެ މީހުން ތިބުމަށްފަހު އަންހެނުން ދިޔައީ މޫދުގައި ފަތާލަން ކަމަށް ބުނެއެވެ. އަދި ވާން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން އޭނާ އަށް އޭރު ރޭކާ ވެސް ނުލާ ކަމަށް އޭނާ ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޕަރްމާރު އިތުރަށް ބުނީ އަންހެނުން ގެއްލުނުތާ 9 ދުވަސްވެފައިވާއިރު ރާއްޖޭގެ އިދާރާތަކަށް އެއްވެސް ޖަވާބެއް ދެވިފައިނުވާ ކަމަށާއި މިހާރު އޭނާގެ އަންހެނުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓާލާފައިވާ ކަމަށެވެ.

އަދި އޭނާގެ އަންހެނުން ގެނބުނީ ކަމެއް ބަޔަކު ކިޑްނެޕް ކުރީ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ޕަރްމާރް ބުނެފައިވެއެވެ.

މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އައ<em>ީ ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުގައެވެ.</em>

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ހަފްތާއެއްހާ ދުވަހު ކޮށްފައެވެ. އެގޮތުން ކަނޑުމަގުންނާއި ޑައިވްކުރުމުގެ އިތުރުން ވައިގެ މަގުން ޑޯނިއާ ބޭނުން ކޮށްގެން ވެސް އެ މަސައްކަތް ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް