Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލޯބިވާ އަނބިމީހާ ހިނިތުން ކުރުވުމަށްޓަކައި...!

ލޯބިވާ އަނބިމީހާ ހިނިތުން ކުރުވުމަށްޓަކައި...!
ގައުމު ތަހުޒީބު ވަނީ އާއިލާތައް ހަރުދަނާވީ މިންވަރަކުންނެވެ. ހަރުދަނާ އާއިލާއެއް ބިނާ ކުރުމަށްޓަކައި ހާސްކަމާއި ހިތްދަތިކަމުން ދުރުގައިވާ އުފާވެރި ވެއްޓެއް ދެމަފިރިންގެ މެދުގައި ބިނާ ކުރަން ޖެހޭނެއެވެ. މިގޮތުގެ މަތީން ތިބާގެ ހަޔާތުގެ ބައިވެރިޔާ، ލޯބިވާ އަނބީމީހާ އުފާވެރިކަން މަތީ ބެހެއްޓުމަށް ޓަކައި އަންނަނިވި ނުކުތާތަކަށް ފަރުވާތެރިކަން ބަހައްޓާށެވެ. https://dhen.mv/56363   އަނބިމީހާ ހިނިތުން ކުރުވުމަށް ސަމާލުކަން ޖެހޭ ކަންތައްތައް ބައިވަރެވެ. އޭގެ ތެރޭގައި އެކުވެ އުޅުމާއި މަރުހަބާ ކިޔުމާއި ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމުގެ އިތުރުން ވެސް އެތައް ކަމެއް ހިމެނެއެވެ. https://dhen.mv/58990 އަނބިމީހާ މާބަނޑު ދުވަސްވަރު
  • އަނބިމީހާ ގަވާއިދުން ޑޮކްޓަރަށް ދައްކާށެވެ.
  • އަނބިމީހާއާއެކު ހޮސްޕިޓަލަށް ދެވެން އޮތް ނަމަ މީހަކު ނުފޮނުވާ އަނބިމީހާއާއެކު ހޮސްޕިޓަލަށް ދާށެވެ.
  • ޑޮކްޓަރު ބުނާ ގޮތަށް ޢަމަލު ކުރުމުގައި އަނބިމީހާއަށް އެހީ ވެދޭށެވެ.
  • ކުރިއަށް ވުރެ ވެސް ބޮޑަށް ޚާއްޞަ ސަމާލު ކަމެއް އަނބިމީހާއަށް ދޭށެވެ.
  • އަނބިމީހާއާ ދުުރުގައި އުޅޭ ނަމަ ވީ ވަރަކުން އެކަމަނާގެ ޙާލު ބަލާށެވެ. އަދި އެނބުރި ރަށަށް އާދެވުމުން ވީ އެންމެ އަވަހަކަށް އަނބިމީހާގެ ގާތަށް ދާށެވެ.
  • މާބަނޑު ދުވަސްވަރު ކޮންމެހެން ފުރަން ޖެހިގެން ނޫނީ އެހެން ތަނަކަށް ނުފުރާށެވެ. ޚާއްޞަކޮށް ވިހަން ގާތްވެފައި ވަނިކޮށެވެ.
  • ވިހަން ހޮސްޕިޓަލަށް ވައްދައިފިނަމަ އަނބިމީހާގެ ގާތުގައި ވާށެވެ.
  • ވިހެއުމުން ، ބުއްފުޅި ހެދުން ފަދަ ކުދިކުދި ކަންކަން ނަމަވެސް ދަސްކޮށް އަނބިމީހާއަށް އެހީތެރިވާށެވެ.
  • ކުޑަ ދަރިފުޅާއެކު ޚާއްޞަ ގުޅުމެއް އުފައްދާށެވެ. ގިނައިން ދަރިފުޅު އުރާ ލޯބިކޮށް ހަދާށެވެ.
  • އަނބިމީހާއަށާއި ކުޑަ ދަރިފުޅަށް ކޮންމެހެން ބޭނުންވާ ތަކެތި ވީ މިންވަރަކުން ހޯދައިދޭށެވެ.
އަޅުކަންކުރުމުގައި އެހީތެރިވުން
  • ދަމު ނަމާދު ކުރާ މީހެއް ނަމަ އެކުގައި ނަމާދު ކުރުމަށް އަނބިމީހާއަށް ދައުވަތު ދޭށެވެ. މަޖުބޫރު ނުކުރާށެވެ.
  • ޤުރުއާނާއި ސުންނަތުން ތިބާއަށް އެނގޭ ކަންކަން އަނބިމީހާއާ ހިއްސާ ކުރާށެވެ.
  • ތިބާއަށް ވުރެ ކުރީން އަނބިމީހާއަށް ހޭލެވިއްޖެނަމަ ފަތިސް ނަމާދަށް ގޮވާލަދޭން ބުނާށެވެ. އަދި ތިބާއަށް ކުރީން ހޭލެވިއްޖެނަމަ މަޑުމައިތިރިކަމާއެކު އަނބިމީހާއަށް ނަމާދަށް ގޮވާލާށެވެ.
  • ދީނީ ދަރުސްތަކާއި ދީނީ ޕްރޮގްރާމްތައް ވީވަރަކުން ދެމީހުން އެކީގައި ބަލާށެވެ.
  • ދީނީ ފޮތްތަކާއި ދީނީ ވާހަކަތައް ވީ ވަރަކުން އަނބިމީހާއަށް ގަނެދޭށެވެ.
  • ސަލާން ޖަހަން ގެއަށް އަންނަ މީހުން ހުސްއަތާ ފޮނުވާ ނުލުމަށް ބުނާށެވެ.
  • ކުޅަދާނަކަން ހުރި ނަމަ ތިބާއާއެކު އަނބިމީހާ ހައްޖަށް ގެންދާށެވެ.
އަނބިމީހާގެ ރައްޓެހިންނާއި އާއިލާއަށް ހެޔޮކޮށް ހިތުން
  • އަނބިމީހާއާއެކު އޭނާގެ އާއިލާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރާށެވެ.
  • އެމީހުންނަށް ތިބާގެ ގެއަށް އައުމަށް ދައުވަތު ދޭށެވެ. އަދި އަތުވެއްޖެނަމަ ހޫނު މަރުޙަބާއެއް ކިޔާށެވެ.
  • އެކިއެކި ހަފްލާތަކުގައި އާއިލާ މީހުންނަށް ހަދިޔާ ދޭށެވެ.
  • އާއިލާގެ މީހަކު މާލީ ގޮތުން ނުވަތަ އެހެން އެއްވެސް ގޮތަކުން އެހީތެރިކަމަކަށް އެދިއްޖެ ނަމަ ވީ މިންވަރަކުން އެހީތެރިވާށެވެ.
  • ފިރިމީހާގެ އާއިލާގެ މީހުންނާ އަނބިމީހާ އޮންނަ ގުޅުން ވަރުގަދަކޮށް އެކުވެރިކަން ދަމަހައްޓާށެވެ.
ރުޅި އަންނަ ވަގުތު 
  • އަނބިމީހާ ރުޅި އައިސްގެން އެއްޗެއް ބުނެފިނަމަ ޒުވާބު ކުރަން ނުފަށާށެވެ. ޒުވާބު ކުރުމަކީ އެއްވެސް މައްސަލައެއްގެ ޙައްލެއް ނޫނެވެ.
  • ތިބާއަށް ކުރެވުނު ކަމަކުން އަނބިމީހާ ރުޅި އަޔަސް ، އަނބިމީހާއަށް ކުރިން ކުރެވިފައި އޮތް ގޯސްކަމެއްގެ ވާހަކަ ތިބާ ނުދައްކާށެވެ.
  • އަނބިމީހާގެ ކިބައިން ތިބާ ހިތްހަމަ ނުޖެހޭ ކަމެއް ފެނުނަސް އޭނާގެ ހިތުގައި ޖެހޭ ، ހިތަށް ތަދުވާ އެއްޗެއް ނުބުނާށެވެ.
  • އަނބިމީހާ ކައްކާ އެއްޗެހި ނުބައިވެގެން އެއްޗިހި ނުކިޔާށެވެ.
  • ތިބާގެ ފަރާތުން ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އަވަހަށް އަނބިމީހާގެ ކިބައިން މާފަށް އެދޭށެވެ.( އެއީ އަނބި ދަށުވުމެއް ނޫނެވެ. އަދި ކިއެއް! އެކަމުން ދެމީހުންގެ މެދުގައި ލޯތްބާއި އިޙްތިރާމް އުފެދޭނެއެވެ.)
  • އަމިއްލަ ކުށް ގަބޫލުކޮށް މާފަށް އެދުމަށް ލޯބި ކުރާ މީހެއް ކަމުގައި ވާށެވެ.
  • އަނބިމީހާއަށް ކުރެވޭ ކުދިކުދި ކަންކަން ބޮޑު ކުރަން އުޅުމުގެ ބަދަލުގައި އަވަހަށް މާފު ކުރާށެވެ.
  • ކިތަންމެ ވަރަކަށް ރުޅި އަޔަސް އަނބިމީހާއަށް އަނިޔާ ނުކުރާށެވެ.
އަނބިމީހާގެ ކުށްތައް އިސްލާޙް ކުރުން 
  • އަނބިމީހާގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް ފެނިއްޖެނަމަ ހަޅޭއްލަވާ އެއްޗިހި ކިޔުމުގެ ބަދަލުގައި މަޑުމަޑުން އޯގާތެރިކަމާ ލޯތްބާއެކު ނަސޭހަތްތެރި ވާށެވެ.
  • އަނބިމީހާއަށް ކުށެއް ކުރެވޭ ކޮންމެ ފަހަރަކު އޭނާގެ ރަނގަޅު ކަންތައްތަކުގެ މަތީން ހަނދާން ކުރާށެވެ.
  • ދަރީން ތިބޭނަމަ ދަރީންގެ ކުރިމަތީގައި މައްސަލަތަކުގެ ވާހަކަ ނުދައްކާށެވެ. އަރާރުން ނުވާށެވެ. އެހެން ހަދާނަމަ ނަތީޖާ ހިތިވާނެއެވެ.
  • އަނބިމީހާގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ހަމަ ފެންނައިރަށް އެކީގައި ނިދުމާއި ކެއުމާއި ، ވާހަކަ ދެއްކުން ހުއްޓާ ނުލާށެވެ. ހިކުމަތްތެރިކަމާއެކު މައްސަލަ ޙައްލު ކުރާށެވެ.
  • ޝައްކު ކުރުމާ ދުރުވާށެވެ. ބައިވެރިޔާއާ މެދު ހިތްހަމަ ނުޖެހޭ ޚަބަރެއް އަޑު އިވުނަސް ހިކުމަތްތެރިކަމާއެކު އެކަމުގެ ޙަޤީޤަތް ހޯދާށެވެ.
  ނިމުނީ މަސްދަރު: އަޙުމަދު އަސްލަމްގެ މަޒުމޫނު

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް