ރޮށި ފިހަން މޮޑުނު ފުށް ގަނޑަށް ކުޅު ޖެހުމުން މީހަކު ހައްޔަރުކޮށްފި!

އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރު ޕަރުދޭޝްގައި އޮތް ކައިވެނި ހަފްލާއެއްގައި ރޮށި ފިހުމަށް މޮޑުނު ފުށް ގަނޑަށް ކުޅު ޖެހި މީހަކު ހައްޔަރު ކޮށްފިއެވެ.
ބޭރުގެ ޚަބަރުތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމަންޒަރު ވަނީ އެތަނުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށް އަރާފައެވެ. އަދި އެ ކައިވެނި ހަފްލާ ބޭއްވި ފަރާތުން ވަނީ އެމީހާގެ މައްޗަށް ކޮވިޑް-19 ފަތުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޮވިޑަށް ޓެސްޓް ކުރުމަށް ޓަކައި މިހާރު ވަނީ އެމީހާގެ ސާމްޕަލް ނަގާފައެވެ. އަދި ސާމްޕަލް ޓެސްޓު ކުރުމަށް ފޮނުވިފައިވާ ކަމަށާއި، އޭނާއާ މެދު އިތުރަށް ކަންތައް ކުރާނެ ގޮތެއް ދެން އެނގޭނީ އޭނާގެ އެ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށް ވެސް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
ކޮވިޑް19ގެ ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެމުން ދާތީ ސާފު ތާހިރު ކަމަށް ބާރު އެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ސަރުކާރުތަކުން ދަނީ ގޮވާލަމުންނެވެ. އެހެންކަމުން މި ދަނޑިވަޅުގައި އާންމު ސިއްޙަތަށް ނުރައްކާވާ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ވެސް ދެމުން ގެންދެއެވެ.
ދިވެހިރާއްޖޭގެ ހޮޓާތަކުގަ ސީސީކެމެރާތައް ހަރުނުކުރަނީ ބަންގާޅީންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން. އެގާޅީން ކުރާ ކަންތައް މާ ސަޅިވާނެ ތިޔަށްވުރެވެސް!