Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނ. އަތޮޅު ކައިރިން ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ނ. އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޯދަން އޭރިއާގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފައި ވާކަމަށެވެ.

އަދި މަސްބޯޓު ރޭ ދަންވަރު ކުޅުދުއްފުށީ ބަނދަރަށް ގެންދެވިފައިވާ ކަމަށާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ބޯޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމުގައި ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ބޭރުގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައި ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އަސަރީ ދޯނިންނެވެ.

މި މަސްބޯޓުގައި 8 މީހުން ތިބި ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް