Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާބަނޑު ފަތުރުވެރިޔާ ގެއްލުނު މައްސަލައިގައި ފުލުހުން ތަހުގީގެއް ފަށައިފި

މާބަނޑު ފަތުރުވެރިޔާ ގެއްލުނު މައްސަލައިގައި ފުލުހުން ތަހުގީގެއް ފަށައިފި

ރ. އަތޮޅުގައި ތަރައްޤީ ކޮށްފައިވާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން މާބަނޑު ފަތުރުވެރިއެއް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެރިސޯޓުން ގެއްލިފައި ވަނީ ދުބާއީގައި ދިރިއުޅޭ ކެނެޑާ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއެޑްރީ ވަސްކައިޓް އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފެށީ މި މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް އަދި އޭނާގެ ޚަބަރެއް ނުވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، އެއަންހެން މީހާ ގެއްލިފައިވަނީ އެކަނި މޫދަށް ގޮސް އުޅެނިކޮށެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އެ ފަތުރުވެރިޔާ އާ ގުޅުން ހުރި މައުލޫމާތު ދޭ ފަރާތަކަށް 1 ލައްކަ ޑޮލަރު ނުވަތަ 15 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން އޭނާގެ އާއިލާ އިން ވަނީ ހުށަހަޅައިފައެވެ.

ގިއެޑްރީ ގެ ފިރިމީހާ ޕަރްމާރު ގުރްޝަރަންޖީތު ބުނީ ޕޫލުގައި ދެ މީހުން އެކީގައި ތިބުމަށްފަހު އަންހެނުން ދިޔައީ މޫދުގައި ފަތާލަން ކަމަށް ބުނެއެވެ.

ޕަރްމާރު އިތުރަށް ބުނީ އަންހެނުން ގެއްލުނުތާ 9 ދުވަސްވެފައިވާއިރު ރާއްޖޭގެ އިދާރާތަކަށް އެއްވެސް ޖަވާބެއް ދެވިފައިނުވާ ކަމަށާއި މިހާރު އޭނާގެ އަންހެނުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭނާގެ އަންހެނުން ގެނބުނީ ކަމެއް ބަޔަކު ކިޑްނެޕް ކުރީ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ޕަރްމާރް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް