ޚަބަރު

ވޭމަންޑޫއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށް ދިނުމުގެ ތައްޔާރީތައް ދަނީ ކުރިއަށް: ފެނަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ވޭމަންޑޫ އިންޖީނު ގޭގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން، އެރަށުން މެދުކެނޑިފައިވާ ކަރަންޓުގެ ޚިދުމަތް އަލުން ފޯރު ކޮށްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފިއެވެ.

Ads by Sosun Fihaara

އިއްޔެ މެންދުރު ވޭމަންޑޫ ގައި ހިނގި މިއަލިފާނުގެ ހާދިސާގައި، ބޭނުން ނުކުރެވޭ ވަރަށް އިންޖީނުތަކާއެކު، އިންޖީނުގެ ވަނީ އަނދައި ހުލިވެފައެވެ. އަދި އެވަގުތުން ފެށިގެން އެރަށުގައި ކަރަންޓު ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ފެނަކައިން މިއަދު ހެނދުނު ބުނީ މިރޭ އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެކުންފުނިން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.

ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް ވެސް މިއަދު ވަނީ ގެންގޮސްފައެވެ.

ވޭމަންޑޫ އަކީ އާބާދީގެ ގޮތުން 1200 އެއްހާ މީހުން ހިމެނޭ ރަށެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!