ޚަބަރު

ފުވައްމުލަކު ކާފިއު އިތުރު 7 ދުވަހަށް އިތުރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދަންމާލައިފިއެވެ.

Ads by Sosun Fihaara

އެސިޓީގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. މިއީ ކާފިއުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، 2021 ފެބުރުވަރީ 12 ވީ ހުކުރު ދުވަހު ފުވައްމުލަކުގައި އިއުލާނުކޮށްފައިވާ ފިޔަވަޅުތައް، 2021 ފެބުރުވަރީ 27 އިން ފެށިގެން، އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަށް، އިތުރުކުރުމަށް ނިންމައި، އެކަން އަންގާ ކަމަށެވެ.

ފުވައްމުލަކުގެ ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށެވެ. އަދ ކޮވިޑް-19 އެ ސިޓީގައި ފެތުރެން ފެށުމާއެކު ކައުންސިލުން ފިޔަވަޅު އަޅަން ފަށައިފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. އެގޮތުން އެ ސިޓީގައި ކާފިއު ވަގުތު ތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެކެވެ.

އެގޮތުން އެ ސިޓީގައި، ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް މީހުން ދަތުރު ކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކޮށް ބައްދަލުވެ ހެދުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާތައް ހޯދަން ދާ ފަރާތްތައް ވަނީ އިސްތިސްނާ ކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!